އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވީޑިއޯ ޑޮކިއުމެންޓްރީ އާއި ވީޑިއޯ ކްލިޕްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

11 މޭއި 2017     6 years ago


ވީޑިއޯ ޑޮކިއުމެންޓްރީ އާއި ވީޑިއޯ ކްލިޕްސް ތައްޔާރުކުރުން

 

އައްޑޫ ސިޓީ އިޝްތިހާރުކުރުމުގެ ބޭނުމުގައި ތައްޔާރުކުރާ ވީޑިއޯ ޑޮކިއުމެންޓްރީ އަކާއި ވީޑިއޯ ކްލިޕްސްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 25 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ. 

 

15ޝަޢުބާން 1438

11 މެއި 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/72

ޕަބްލިޝް ކުރި ތާރީޚް: 11-05-2017

ސުންގަޑި: 2017-05-18 11:00:00