އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯތި ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުން

8 އެޕްރީލް 2021     1 month ago


އިޢުލާން

އައްޑޫ ސިޓީ މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކުރުން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2019/255 (25 ޖުލައި 2019) އަދި (IUL)426-AB/426/2019/306 (29 އޮގަސްޓް 2019) އިޢުލާންތަކާ ގުޅިގެން މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއެކު އާންމުކުރީމެވެ. މި ލިސްޓު ސަރުކާރުގެ ގެޒެޓުގައި އަދި ކައުންސިލްގެ ވެބްސައިޓް (http://adducity.gov.mv) ގައި ޝާއިޢުކުރެވިފައިވާނެއެވެ.

މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 50 ގޯތީގެ ތެރެއިން ފަހު 4 ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ގޯތި ލިބޭ 4 ފަރާތް ކަނޑައެޅުމަށްފަހު، ގޯތި ލިބޭ 50 ފަރާތުގެ ލިސްޓު އާންމުކުރެވޭނެއެވެ. އަދި ގޯއްޗެއް ލިބޭ މިންވަރަށް ދެމަފިރިންނަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާނަމަ، ގޯތި ލިބޭނީ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އޭގެ ތެރެއިން އެއް ފަރާތަކަށެވެ. މި ކަމުގައި ދެމަފިރިންނަށް ވަކި ގޮތަކަށް  އެއްބަސް ނުވެވިއްޖެނަމަ، ގޯތި ޙަވާލު ކުރާނެ ފަރާތެއް ކަނޑައެޅޭނީ ގުރުއަތު ލައިގެންނެވެ.

           25 ޝަޢުބާން 1442

           7  އެޕްރީލް  2021ބާވަތް: އިއުލާން

ނަންބަރ: (IUL)426-1B/426/2021/139

ޕަބްލިޝް ކުރި ތާރީޚް: 08-04-2021

ސުންގަޑި: 2021-04-07 14:00:00