އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު ޕަބްލިކް ރިލޭޝަންސް އޮފިސަރވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

14 ޖުލައި 2021     2 years ago


މަޤާމް:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

ރޭންކް:

އެމް.އެސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މީޑިއާ އެންޑް އައި.ޓީ ޔުނިޓް / ޕްލޭނިނގް ސެކްޝަން، އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ – ސަރވިސް އެލަވަންސް

އެހެނިހެން އެލަވަންސްތައް:

  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ޝަރުތު:

ގްރޭޑް 10 ނިންމާފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތުގެ ދާއިރާ:

މީޑިއާ / ޖަރނަލިޒަމް / ޕަބްލިކް ރިލޭޝަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މަޢުލޫމާތާއި ޚަބަރު އާއްމުކުރުން
  2. ކައުންސިލުން ތައްޔާރުކުރުމަށް ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާ ކިޓް، ލުއި ފޮތް، މަޢޫލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރުކުރުން
  3. މީޑިއާ އިވެންޓްތައް އަދި ކައުންސިލްގެ ފަރާތުން ބާއްވާ އިވެންޓްތަކަށް ދައުވަތު ކާޑު، ބެނަރ ފަދަ ތަކެތި ޑިޒައިން ކުރުން
  4. ކައުންސިލުން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  5. ކައުންސިލުން ބާއްވާ މީޑިއާއި އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރު ފަތުރާ ވަޞީލަތްތަކަށް ފޮނުވުމާއި ކައުންސިލްގެ ވެބްސައިޓު އަދި ކައުންސިލުގެ ފޭސްބުކް ޕޭޖް / ޓްވިޓަރ އެކައުންޓް ފަދަ ތަންތަނުގައި އާއްމުކުރުން
  6. ޚަބަރު ފަތުރާ ވަޞީލަތްތަކުން މިދާއިރާގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން
  7. ކައުންސިލާ ބެހޭ ގޮތުން ޚަބަރު ފަތުރާ ފަރާތްތަކުން ފަތުރާ ޚަބަރު މޮނިޓަރކޮށް އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި ޚަބަރުތައް ދިރާސާކޮށް ކަމާ ގުޅޭ މަޢުލޫމާތު ވެރިންނާ ޙިއްސާ ކުރުން. އަދި އެފަދަ ޚަބަރު ތަކާއި ގުޅިގެން ކައުންސިލުން ޖަވާބުދީ ކަމެއް އޮޅުންފިލުވައި ދޭންޖެހިއްޖެ ޙާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތް ކަނޑައަޅައި ހަމަޖެއްސުން
  8. ކައުންސިލުން ހިންގާ އިވެންޓްތަކުގައި މަޢުލޫމާތު އިސްވެ ހޯދުމަށް މަސައްކަތް ކުރުމާއި އެފަދަ އިވެންޓްތަކުން ބޭނުންވާ މީޑިއާ ކަވަރޭޖްގެ ކަންކަން ރާވާ އިންތިޒާމް ކުރުން. އަދި އެފަދަ ކަންކަން ދުރާލާ ވެބްސައިޓް އަދި ކައުންސިލްގެ ސޯޝަލް މީޑިއާ ސައިޓްތަކުގައި ހެމެނުން
  9. މީޑިއާގެ މަސއްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން
  10. މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމެންޓްތަކަށް އެޓެންޑްވުން
  11. މީޑިއާ ކޮމިޔުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު).

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު - %15
  2. ތަޖުރިބާ - %40
  3. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން - %35
  4. ތަމްރީން - %5

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 3 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮގަސްޓް 4 އާއި 2021  އޮގަސްޓް 12 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

04 ޛުލްޙިއްޖާ 1442

14  ޖުލައި  2021

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2021/241

ޕަބްލިޝް ކުރި ތާރީޚް: 14-07-2021