އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

19 ފެބުރުއަރީ 2018     6 years ago


އިޢުލާން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން  އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 27 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެރޭ 08:30 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ހޯލުގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި 2017 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2018 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރެވޭނެއެވެ.

ވީމާ، މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

              

29 ޖުމާދަލްއޫލާ  1439

15 ފެބުރުވަރީ   2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2018/11

ޕަބްލިޝް ކުރި ތާރީޚް: 19-02-2018

ސުންގަޑި: 2018-02-27 14:30:00