އިޢުލާން
އައްޑޫސިޓީ ފޭދޫ އަވަށުގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2018/36 އިޢުލާނަން ހުށަހެޅުނު އަންދާސީ ހިސާބުތައް އެދެވިގެންވާ ވަރަށް ވުރެ އަގު ބޮޑުކަމަށް ފާހަނގަ ކުރެވޭތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 މޭ 27 ވާ އާދިއްތަ ދުވަހުގެ 10:30ން ފެށިގެން 2018 ޖޫން 03 ވާ އާދިއްތަ ދުވަހުގެ 12:00ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މޭ 27 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 ޖޫން 04 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
09 ރަމަޟާން 1439
24 މޭ 2018