އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ސްކުއަރ އިންވެގެން އޮތް އާރު ފުޅާކޮށް ދެއަރިމަތީ ބަސްތާޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

25 ފެބުރުއަރީ 2020     4 years ago


އިޢުލާން

އައްޑޫ ސިޓީގެ ސިޓީ ސްކުއަރ އިންވެގެން އޮތް އާރު ފުޅާކޮށް ދެއަރިމަތީ ބަސްތާޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. 2020 ފެބުރުވަރީ 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ފެބުރުވަރީ މާރިޗު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 މާރިޗު 4 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 ފެބުރުވަރީ 25 ވާ އަންގާރަ ދުވަހުން ފެށިގެން 2020 މާރިޗު 2 ވާ ހޯމަ ދުވަހުގެ 1400 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 މާރިޗު 3 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

30 ޖުމާދަލްއާޚިރާ 1441 

24 ފެބުރުވަރީ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2020/75

ޕަބްލިޝް ކުރި ތާރީޚް: 25-02-2020

ސުންގަޑި: 2020-03-03 16:00:00