އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އާއި ހުޅުދޫގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިނުކޮށް ތިބި ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ވާހަކަދެންނެވުން

27 ފެބުރުއަރީ 2020     4 years ago


އިޢުލާން

 

އައްޑޫސިޓީ ހިތަދޫ އާއި ހުޅުދޫ ގައި ޢިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެތެރެއިން އެއްބަސްވުމުގައި ސޮއިނުކޮށް ތިބި ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ވާހަކަދެންނެވުން

 

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށާއި ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، މިހާރު ހަވާލުނުކޮށްހުރި ފުލެޓްތައް އޭގެ ޙައްޤުފަރާތްތަކަށް ވަރަށް އަވަހަށް ހަވާލުކޮށް ނިންމުމަށް ބޭނުންވެއެވެ.

އެހެންކަމުން  ހިތަދޫ އާއި ހުޅުދޫ ގައި ޢިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން، ފްލެޓް ލިބިލައްވާފައިވާ އަދި މިހާތަނަށް ފުލެޓް އެގްރީމަންޓްގައި ސޮއިނުކުރެވިވާ ފަރާތްތަކަށް ސޮއިކުރުމުގެ އެންމެ ފަހު ތާރީޙަކީ 15 މާޗް 2020 ކަމުގައި ދެންނެވީމެވެ. މި މުއްދަތުގެ ތެރޭގައި ސޮއި ނުކުރާ ފަރާތްތަކުގެ ފުލެޓްތައް ކެންސަލް ކުރެވި ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

     01  ރަޖަބު 1441

     25 ފެބްރުވަރީ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/77

ޕަބްލިޝް ކުރި ތާރީޚް: 27-02-2020

ސުންގަޑި: 2020-03-15 14:00:00