އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންދާސީހިސާބު ބޭނުންވެއްޖެ - އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް

20 އެޕްރީލް 2017     6 years ago


އަންދާސީހިސާބު ބޭނުންވެއްޖެ

 

އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލައަށް ޑިޒައިންކޮށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރ: (IUL)426-AA/426/2017/49 އާއި ގުޅިގެން ޝަރުޠު ހަމަވާ ބިޑް އެކަށީގެންވާ ވަރަށް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރައަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.            

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ރަޖަބް      1438 

20 އޭޕްރީލް     2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/64

ޕަބްލިޝް ކުރި ތާރީޚް: 20-04-2017

ސުންގަޑި: 2017-04-25 13:00:00