އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަވަށުގެ އިރުމަތީފަރާތު ގޮނޑުދޮށަށް ފޭބުމަށް ސިޑިއެއް ހެދުން

25 އެޕްރީލް 2017     6 years ago


މަރަދޫފޭދޫ އަވަށުގެ އިރުމަތީފަރާތު ގޮނޑުދޮށަށް ފޭބުމަށް ސިޑިއެއް ހެދުން

 

މި އަވަށުގެ އިރުމަތީ ފަރާތުގައި ބޮޑު ހިލައިގެ ރިވެޓްމެންޓް  ޖަހާފައި ހުރުމުގެ ސަބަބުން މޫދަށް ފޭބުމަށާއި،އެހެނިހެން ބޭނުންތަކުގައި ގޮނޑުދޮށަށް ފައިބާ ފަރާތްތަކަށް  ދަތިތަކާއި ކުރިމަތިވަމުންދާތީ،އެކި ދިމަދިމާއިން ގޮނޑުދޮށަށް ފޭބުމަށް ސިޑިތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިހެންވެ،މިގޮތުން ހަދަންޖެހޭ ފުރަތަމަ ސިޑި މިއޮފީހުން ދައްކާ ދިމާއެއްގައި ހެދުމަށް ބޭނުންވެއެވެ.

ވީމާ،އަމިއްލައަށް ޑިޒައިން ކޮށްގެން ސިމެންތިއާއި ހިލަވެލި ބޭނުންކޮށްގެން މި ސިޑި ހައްދަވާ ދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރެހުމާއިއެކު،30 އެޕްރީލު 2017 ވާ  އާދީއްތަ ދުވަހުގެ 10.00އަށް މި އޮފީހަށް ވަޑައިގެން  އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްގައި މަސައްކަތް ނިންމޭނެ މުއްދަތު ކަނޑައަޅުއްވާފައި އޮންނަންވާނެއެވެ.

27 ރަޖަބް  1438

24 އެޕްރީލު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5A/426/2017/68

ޕަބްލިޝް ކުރި ތާރީޚް: 25-04-2017

ސުންގަޑި: 2017-04-30 10:00:00