އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށް ސާފު ކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

11 އެޕްރީލް 2019     5 years ago


މަރަދޫ އަވަށް ސާފު ކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

އައްޑޫސިޓީ މަރަދޫ އަވަށް ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކައުންސިލުން މިއަދު ފާސްކުރައްވައިފިއެވެ. ކައުންސިލުން މިމައްސަލަ ފާސްކުރެއްވީ މިއަދު ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ 88 ވަނަ ރަސްމީ ބައްދަލުވުމުގައެވެ.

މިހަރަކާތަކީ މަރަދޫ އަވަށު އޮފީހުގެ އިސްނެގުމާއެކު އެއަވަށުގެ އެކި ސަރަހައްދުތަކުގައި އުފެދިފައިވާ ކުނިތައް ނަގައި ސާފުކޮށް، ޑެންގީ ފަދަ ބަލިތައް ފަތުރާ މަދިރި އާލާވާތަންތަން ނައްތައި ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޑީ.އެފް އާއި ޕޮލިހާއި ސްކޫލުތަކާއި މަރަދޫ ސިއްޙީ މަރުކަޒާއި ކައުންސިލް ގުޅިގެންނެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރިލް 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގައި މަރަދޫ އަވަށު އޮފީސް ކުރިމަތިންނެވެ.