އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހޮސްޕިޓަލްގެ ސަރަހައްދުން ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމެވުން

12 ޖުލައި 2021     2 years ago


ނޫސްބަޔާން        

ހޮސްޕިޓަލްގެ ސަރަހައްދުން ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމެވުން 

އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ، އައްޑޫގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާޢީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމުގައި ވާތީއާއި، މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީ އާއި، އައްޑޫ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މި ސަރަހައްދުގައި  އާއްމުވެގެންވާ މަންފާއަކަށް ބިން އެލޮކޭޓްކުރެވިފައި ނުވާތީއާއި، މި ސަރަހައްދު ތަރައްޤީކުރެވޭ އިރު ހޮސްޕިޓަލްގެ ބޭނުމަށާއި އާއްމު އެހެން ބޭނުންތަކަށް އިތުރަށް މި ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާތީ، މި ސަރަހައްދުގައި ހުރި ބައެއް ބަންޑާރަ ބިންތައް ހިތަދޫގެ ބިން ރަނގަޅު އެހެން ސަރަހައްދަކަށް ޤާނޫނުގައިވާ ގޮތުގެމަތިން ބަދަލުކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.  

މިގޮތަށް ކައުންސިލުން ނިންމެވުމާއި ގުޅިގެން، ހުސްކުރެވޭ ބްލޮކްތަކުގައި ދިރިއުޅުމަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި ދެވޭ ގޯތިތައް ވަގުތުން އެގޯތީގެ ވެރިފަރާތާއި ހަވާލުކުރެވޭނެއެވެ. މިކަމާއި ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސައްކަތް މިހާރު ކައުންސިލުން ދަނީ ކުރަމުންނެވެ.  އާއްމުންގެ ފައިދާއާއި ލާބައަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.