އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޯގަންނު ބެލެހެއްޓުން ކައުންސިލުން ހަވާލުވެއްޖެ

10 އެޕްރީލް 2017     7 years ago


ކޯގަންނު ބެލެހެއްޓުން ކައުންސިލުން ހަވާލުވެއްޖެ

މީދޫ ކޯގަންނު ޤަބުރުސްތާން ބެލެހެއްޓުމުގެ މަސައްކަތާ އައްޑޫސިޓީ ކައުންސިލުން ހަވާލުވެއްޖެއެވެ. އައްޑޫސިޓީ ކައުންސިލުން ކޯގަންނު ބެލެހެއްޓުމުގެ މަސައްކަތާ މި ހަވާލުވީ އެތަން ބެލެހެއްޓުމުގެ މަސައްކަތާ ކައުންސިލުން ހަވާލުވުމަށް އައްޑު އަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރެއްވުމާއި ގުޅިގެންނެވެ.

2017، މާޗް 22 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ 24/S1C/2017 ޤަޟިއްޔާގެ ޙުކުމުގައިވަނީ ދިވެހިރާއްޖޭގެ ރަށްތަކުގައި އަމަން އަމާންކަން ގެއްލި މީހުންގެ ފުރާނައާއި ދައުލަތުގެ މުދަލަށް ގެއްލުން ދެމުންދާ ޙުޟޫރަތްތެރި ހާލަތުގައި އެ ސަރަހެއްދެއްގައި ގާއިމުވެ އުފެދިފައިވާ ކައުންސިލް އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އެ ހާލަތުގައި ވުޖޫދުވެފައި އޮތުން ޤާނޫނު ލާޒިމުކުރާތީ ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައިވާ ގަދީމީ މަހާނަ ގާތަކާއި އެތަނަށް ނިސްބަތްވާ އެންމެހާ އާސަރުތައް ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތުގެ މަތިން އެ ގަބުރުސްތާނުގައިވާ އެންމެހާ އާސާރީތަންތަން ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދިއުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް އަންގާކަމުގައެވެ.

މީދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ވަނީ ދިވެހި ދައުލަތުގެ ގައުމީ ތަރިކައިގެ އާސާރުތައް ބެލެހެއްޓުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުން މިދޫ ކޯގަންނު ގަބުރުސްތާން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ދިނުމަށް ވެސް އަމުރުކޮށްފައެވެ.  

ކޯގަންނު ގަބުރުސްތާނުގައި ހުރި އެންމެ ގިނަދުވަސްވީ މަހާނަގާތަކަށް ގެއްލުން ދީފައިވާތީ އާއްމު ފަރާތަކުން އެމައްސަލަ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުވަރީ 14 ވަނަ ދުވަހުއެވެ.