އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރީޖަނަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް 2017 މިމަހު ބާއްވަނީ

10 ސެޕްޓެމްބަރ 2017     6 years ago


ރީޖަނަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް 2017 މިމަހު ބާއްވަނީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ފަރާތުން ކުދި ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބާއްވާ ރީޖަނަލް އެސް.އެމް.އީ ފައިނޭންސް ފޯރަމް މިމަހުގެ 23 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެއެވެ.

މިފޯރަމަކީ އަލަށް ވިޔަފާރި ފަށަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށާއި، ވިޔަފާރިއެއް ފަށަން ޝައުޤު ހުރި ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ނުފެށި ތިބި ފަރާތްތަކަށާއި މިހާރުވެސް ކުދި ވިޔަފާރިތައް ހިންގަމުންދާ ފަރާތަތްތަކަށް ބޭނުންހިފޭނެ މުހިއްމު ވިޔަފާރީގެ އުކުޅުތަކާއި ދެމެހެއްޓެނިވި ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެކެވެ.

މިފޯރަމުގައި ވިޔަފާރީގައި ތަޖުރިބާހުރި ކުންފުނިތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ފޯރަމުގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރިއެއް ފަށައިގަނެ ކުރިއަރުވާނެ ގޮތުގެ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރައްވާނެއެވެ.

ވިޔަފާރިކުރުމަށް ޝައުޤުހުރި ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މިފޯރަމުގައި ބައިވެރިވުމަށް ހިތަދޫގައި ޤާއިމް ކުރެވިފައިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ބިޒްނަސް ސެންޓަރގައި ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.