އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

15 ސެޕްޓެމްބަރ 2020     3 years ago


އިޢުލާން

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

          ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ.ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 835 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ތަފްޞީލު ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއިމިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

          ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް، 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއާއި އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެއެވެ.

         ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް

ޑީ ކެޓަގަރީ ވަގުތީ ލިސްޓާއި ގުޅޭ ޝަކުވާ ހުށަހަޅާ ފޯމް

 

26 މުޙައްރަމް  1442

14 ސެޕްޓެމްބަރ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2020/275

ޕަބްލިޝް ކުރި ތާރީޚް: 15-09-2020

ސުންގަޑި: 2020-09-24 14:00:00