އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖަމިއްޔަތުލް އުލަމާ އިން އައްޑޫސިޓީ ހިތަދޫގައި ހިނަވާގެ އެޅުމަށް އެހީތެރިކަން ހޯދުމަށް އެދިފައިވާތީ ކައުންސިލުން ގޮތެއް ނިންމުމާއި ގުޅޭ

1 ނޮވެމްބަރ 2023     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2023/128

ބޭއްވުނު ތާރީޚް:01 ނޮވެމްބަރ 2023

ޖަލްސާ:2023  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 120 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖަމިއްޔަތުލް އުލަމާ އިން އައްޑޫސިޓީ ހިތަދޫގައި ހިނަވާގެ އެޅުމަށް އެހީތެރިކަން ހޯދުމަށް އެދިފައިވާތީ ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު،  ޖަމިއްޔަތުލް އުލަމާ އިން އައްޑޫސިޓީ ހިތަދޫގައި ހިނަވާގެ އެޅުމަށް އެހީތެރިކަމަށް އެދިފައިވާތީ ވޭސްޓް މެނޭޖްމެންޓް ސައިޓު ސާފުކުރުމުގައި ކައުންސިލްގެ ކާސްޓިންގޔާޑަށް ގެނެވިފައިވާ ފަޑުއްކަ ހިލައިގެ ތެރެއިން 30 ޓަނުގެ ހިލަ އެހީގެގޮތުގައި ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00  ވޯޓް

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ޤަރާރު

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2023/128

ތާރީޚް: 1 ނޮވެމްބަރ 2023