އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ވެލްޑަރ (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

21 ޖެނުއަރީ 2021     3 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ވެލްޑަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

4465/- ރުފިޔާ

ސަރވިސް އެލަވަންސް:

1500/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ރިސްކް އެލަވަންސް: މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް 25 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މެކޭނިކަލް މަސައްކަތް ކުރަން އެނގުމާއި މެޝިނަރީއާއި ވެހިކިއުލަރ އިކުވިޕްމެންޓްތަކަށް ދިމާވާ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ވެލްޑިންގގެ މަސައްކަތްކުރުން.
  2. މެޝިނަރީ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  3. ވެހިކަލްތަކާއި މެޝިނަރީތައް ރިޕެއަރ ކުރުމަށް ބޭނުންވާ ވެލްޑިންގ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

ވެހިކަލް އަދި އިކްވިޕްމަންޓާއި މެޝިނަރީ ރިޕެއަރ ކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތްކުރުމުގެ 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ރަގަޅު ފެންވަރެއްގައި ވެހިކަލްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް މެޝިނަރީސް ރިޕެއަރ ކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ ވެލްޑިންގ ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަން ސާބިތުކޮށްދިނުން.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ 31 އާއި 2021 ފެބުރުވަރީ 04 އާ ދެމެދުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.

08 ޖުމާދަލްއާޚިރާ 1442

21 ޖަނަވަރީ 2021

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2021/49

ޕަބްލިޝް ކުރި ތާރީޚް: 21-01-2021