އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިނގަމުން އަންނަނީ ސ. ހިތަދޫ މެދެއާރި މަގުގައި ހުންނަ ސިޓީހޯލް އިމާރާތުގައެވެ. މި އިދާރާގެ ކައުންޓަރ ހުންނާނީ އިމާރާތުގެ ތިރީބައިގައެވެ. އިދާރާ ހުޅުވިފައި ހުންނަނީ ހެނދުނު 8:00 ން ފެށިގެން މެންދުރު ފަހު 14:00 އަށެވެ. ތަކެތި ބަލައިގަންނަ ގަޑިއަކީ، ހެނދުނު 8:30ން ފެށިގެން މެންދުރު 14:00 އަށެވެ.

ކައުންސިލްގެ އިދާރާގެ އަވަށުއޮފީސްތައް: ހިތަދޫ އަވަށުއޮފީސް ހިނގަމުންދަނީ ކައުންސިލްގެ އިދާރާ ހިނގަމުންދާ އިމާރާތުގެ އެންމެ ތިރީބައިގައެވެ. އެހެން އަވަށްތަކުގެ އަވަށުއޮފީސްތައް ހިނގަމުންދަނީ ކުރިން ރަށުއޮފީސް ހިނގަމުންދިޔަ އިމާރާތުގައެވެ.

ކައުންސިލްގެ އިދާރީ ހިންގުން

އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިނގަމުންދަނީ ކައުންސިލްގެ ލަފާގެ މަތިންނެވެ. ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުން ބަލަހައްޓަވަނީ މޭޔަރގެ ލަފާގެމަތިން ޒިންމާދާރު ވެރިޔާއެވެ. އަދި ކައުންސިލްގެ އިދާރާއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ މަތިން ޒިންމާދާރުވެރިޔާއެވެ.

މިއިދާރާގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ:

  • ނަން: ޢަމަލް ޒަކަރީއްޔާ
  • މަޤާމު: ޕަބްލިކް ރިލޭޝަންސް އޮފިސަރ
  • ހޮޓްލައިން: 7905003
  • ފޯން: 6885003
  • އީމެއިލް: [email protected]

މިއިދާރާގެ އިންފޮމޭޝަން އޮފިސަރަކީ:

  • ނަން: ސާޖިދާ ޒާހިރު
  • މަޤާމު: ލީގަލް އޮފިސަރ
  • މޯބައިލް: 9188487
  • ފޯން: 6885003
  • އީމެއިލް: [email protected]

މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީގޮތް

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޒަރިއްޔާއިން، މި އިދާރާގެ އިންފޮމޭޝަން އޮފިސަރަށެވެ.

މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް މި އިދާރާއަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ފޯމު

މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީއާބެހޭ މަޢުލޫމާތު

އޮނިގަނޑު

އައްޑޫސިޓީ ކައުންސިލް އިދާރާގައި ހިމެނެނީ ދެ ޑިވިޝަނާއި ހަ އަވަށު އޮފީހެވެ. އެއީ ކޯޕަރޭޓް މެނޭޖްމެންޓް ޑިވިޝަނާއި ޑިވެލޮޕްމެންޓް ސާވިސް ޑިވިޝަނުގެ އިތުރުން މީދޫ އަވަށު އޮފީސް، ހިތަދޫ އަވަށު އޮފީސް، މަރަދޫ އަވަށު އޮފީސް، މަރަދޫފޭދޫ އަވަށު އޮފީސް، ފޭދޫ އަވަށު އޮފީސް އަދި ހުޅުދޫ އަވަށު އޮފީހެވެ.

ކޯޕަރޭޓް މެނޭޖްމެންޓް ޑިވިޝަންގައި ހިމެނެނީ އެޑްމިން ސެކްޝަނާއި، ފައިނޭންސް ސެކްޝަންގެ އިތުރުން ހިއުމަން ރިސޯސަސް ސެކްޝަނެވެ. ޑިވެލޮޕްމެންޓް ސާވިސް ޑިވިޝަންގައި ހިމެނެނީ ޕްލޭނިންގ ސެކްޝަނާއި ޕްރޮޖެކްޓްސް ސެކްޝަންގެ އިތުރުން ސޯޝަލް ސަރވިސް ސެކްޝަނެވެ. ކޮންމެ އަވަށު އޮފީހެއްވެސްވަނީ ދެސެކްޝަނަކަށް ބެހިފައެވެ. އެއީ ކޯޕަރޭޓް ސާވިސް ސެކްޝަނާއި ޖެނެރަލް ސާވިސް ސެކްޝަނެވެ.

ސިވިލސް ސާވިސް ކޮމިޝަނުން އައްޑޫސިޓީ ކައުންސިލް އިދާރާގެ އޮނިގަނޑު ފާސްކޮށްދެއްވާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

org_structure