އިޢުލާން
އައްޑޫސިޓީގެ މިސްކިތްތައް މަރާމާތުކުރުމާއި ގުޅޭ |
އައްޑޫސިޓީގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ހިލޭސާބަހަށް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީހުޅުވާލެވިފައެވެ.
ވީމާ، އައްޑޫ ސިޓީގެ މިސްކިތްތައް ރަމްޟާންމަހަށް ތައްޔާރުވުމުގެގޮތުން ކުރަންހުރިމަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ މިސްކިތެއް ހުރި އަވަށެއްގެ އަވަށު އޮފީހަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަވަށު އޮފީހުގައި ނަންނޯޓުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ނަންނޯޓުކުރެއްވުމަށް ގުޅުއްވާނީ ތިރީގައި މިވާ ނަންބަރުތަކަށެވެ.
|
އަވަށް |
ގުޅޭ ނަންބަރު |
|
ހިތަދޫ އަވަށު އޮފީސް |
6885753 |
|
މަރަދޫ އަވަށު އޮފިސް |
6890096 |
|
މަރަދޫފޭދޫ އަވަށު އޮފީސް |
6891523 |
|
ފޭދޫ އަވަށު އޮފީށް |
6892018 |
|
ހުޅުދޫ އަވަށު އޮފީސް |
6894728 |
|
މީދޫ އަވަށު އޮފީސް |
6895730 |
15 ޖުމާދުލްއާޚިރާ 1442
28 ޖަނަވަރީ 2021

