އިޢުލާން
ކުދި މަސައްކަތް ކުރުމާއި، ތަކެތި ވިއްކުމާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު
އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހަށް 35,000/- ރުފިޔާއިން ދަށުގެ ތަކެތި ސަޕްލައިކޮށްދިނުމާއި، މަސައްކަތާއި ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެގެން އާންމު ކުރެވުނު ނަންބަރު (IUL)426-6B/426/2021/88 (22 ފެބުރުވަރީ 2021) އިޢުލާނާ ގުޅިގެން ރަޖިސްޓަރީވުމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ޢަދަދު މަދު ކަމަށް ފާހަގަކުރެވިފައިވާތީ، މިފަދަ މަސައްކަތް ކުރައްވާ ފަރާތްތަކުން ހުޅުދޫ އަވަށު އޮފީހުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވާލަމެވެ. ސަރުކާރުގެ ގެޒެޓު އަދި އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓް http://adducity.gov.mv އިން ފޯމު ޑައުންލޯޑްކުރެވެން ހުންނާނެ އެވެ. ފޯމު ހުށަހަޅުއްވާނީ، ތިރީގައިވާ އީމެއިލްގެ ޒަރީޢާއިންނެވެ.
އީމެއިލް: [email protected]
19 ރަޖަބު 1442
03 މާރިޗު 2021