އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު ހޯދުމަށް

31 މޭއި 2022     1 year ago


އިޢުލާން

               އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ތަކުގެތެރެއިން އެރަށަކަށް ނިސްބަތްވާ އުޅަނދުފަހަރުގެ މަޢުލޫމާތު އެނގޭގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޑޭޓާބޭސް އިން ވަކިކުރެވެން ނެތުމުގެ ސަބަބުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަނީ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް އަންގަވާފައެވެ. އެހެންކަމުން، މިއިދާރާއިން ރާވައިފައިވަނީ އައްޑޫސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު ތިރީގައި މިވާ ގޮތަށް ހޯދުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑޭޓާބޭސްއިން އަޅާކިޔުމަށްފަހު އަދާހަމަކުރުމަށެވެ.

 އުޅަނދުފަހަރުގެ މަޢުލޫމާތު ދެވިދާނެ ގޮތްތައް:

- ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ

- އުޅަނދު ފަހަރުގެ ރަޖިސްޓްރީ ނަންބަރު ފެންނަގޮތަށް ފޮޓޯނަގާ ވައިބާރ ކުރައްވައިގެން ނުވަތަ

- އުޅަނދު ފަހަރުގެ ރަޖިސްޓްރީގެ ކޮޕީއެއް ވައިބާރ ކުރައްވައިގެން

  (ވައިބާރ ނަންބަރު: 7365003)   

              ވީމާ، އައްޑޫސިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު 10 ޖޫން 2022 ގެ ކުރިން ޙިއްޞާ ކުރެއްވުމަށް ދަންނަވަމެވެ.

29 ޝައްވާލް 1443 ހ.

30 މެއި 2022 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2022/246

ޕަބްލިޝް ކުރި ތާރީޚް: 31-05-2022

ސުންގަޑި: 2022-06-10 14:00:00