އިޢުލާން
އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގެ އިރު އުތުރުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
| 
			 ބިމުގެ ނަންބަރު  | 
			
			 ކުއްޔަށް ދޫކުރާ ބޭނުން  | 
			
			 ބިމުގެ ބޮޑުމިން (އަކަފޫޓު)  | 
		
| 
			 1  | 
			
			 ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް  | 
			
			 6714.973  | 
		
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
| 
			 
  | 
			
			 ތަފްޞީލު  | 
			
			 ތާރީޚް / މުއްދަތު އަދި ގަޑި  | 
		
			
 
 
 
 
 
 
 
  | 
			
			 ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 
 ބިޑު ގަންނަން ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ޝީޓު އަދި ބީލަން ހުށަހަޅާ ފޯމް ސޮފްޓް ކޮޕީ ފޯމެޓުގައި މިއިދާރާއިން މެއިލް ކުރެވޭނެއެވެ.  | 
			
			 23 މެއި 2023އިން 31 މެއި 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 13:30އަށް  | 
		
			
  | 
			
			 ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރިޚާއި ވަގުތު ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  | 
			
			 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00  | 
		
މި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިން މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
02 ޛުލްޤަޢިދާ 1444
22 މޭއި 2023

