އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ އީދިސަމާ 1444ގެ ހަރަކާތްތަކުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލުން

24 މޭއި 2023     10 months ago


ޢިއުލާން

 

އައްޑޫ އީދިސަމާ 1444ގެ ހަރަކާތްތަކުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލުން


1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ ޢީދި ސަމާ 1444" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ޓްރެވަލް ޕާޓްނަރ، އެކޮމަޑޭޝަން ޕާޓްނަރ، ޕްރިންޓިންގް ޕާޓްނަރ، މީޑިއާ ޕާޓްނާރ، ޓެލެކޮމް ޕާޓްނަރ، ޑިޖިޓަލް ޕާޓްނަރ، ކޭޓަރިންގް ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 31 މޭއި 2023 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް ފުރިހަމަކުރެއްވުމަށް އެދެމެވެ. މިޢިއުލާނާއި ގުޅިގެން ކެޓެގަރީ އަކަށް 1 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، ފުރުސަތު ދެވޭނެ ފަރާތެއް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސިމާން ހާދީ 7741155 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ފޯމު: https://forms.gle/Dx6sobHbnSGh2sfB8

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

04 ޒުލްޤައިދާ 1444

24 މޭ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/248

ޕަބްލިޝް ކުރި ތާރީޚް: 24-05-2023

ސުންގަޑި: 2023-05-31 12:00:00