ވަޒީފާގެ ފުރުސަތު
			 | 
		
		
			| 
			 ކައުންސިލްގެ ނަންބަރު 426-B(4)/2023/068 (31 މޭ 2023) ނިންމުމާ ގުޅިގެން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. 
			 | 
		
		
			| 
			 މަޤާމް: 
			 | 
			
			 ރޭންޖަރ 
			 | 
		
		
			| 
			 ބޭނުންވާ ޢަދަދު: 
			 | 
			
			 02 (ދޭއް) 
			 | 
		
		
			| 
			 މަޤާމުގެ ގިންތި އާއި މުއްދަތު: 
			 | 
			
			 2 އަހަރު (ވަގުތީ) 
			(ސިވިލް ސަރވިސް ގަވާއިދު 2014 ގެ 112 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ) 
			 | 
		
		
			| 
			 ވަޒީފާ އަދާކުރަންޖެހޭ ތަން: 
			 | 
			
			 އައްޑޫ ނޭޗަރ ޕާރކް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ 
			 | 
		
		
			| 
			 މުސާރަ: 
			 | 
			
			 .00 4465 ރުފިޔާ 
			 | 
		
		
			| 
			 އެލަވަންސް: 
			 | 
			
			
				- 1500.00 ރުފިޔާ – ސަރވިސް އެލަވަންސް
 
				- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
				- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
				- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
 
			 
			 | 
		
		
			| 
			 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
			 | 
			
			
				- އައްޑޫ ނޭޗަރ ޕާރކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓުއަރތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
 
				- އައްޑޫ ނޭޗަރ ޕާރކުގެ މޮނިޓަރިންގ އަދި އިވަލުއޭޝަންގެ މަސައްކަތްތައް ވެރިންގެ ލަފާގެ މަތިން ރާވާ އިންތިޒާމުކުރުން.
 
				- އައްޑޫ ނޭޗަރ ޕާރކުގެ ދަނޑުބިންތަކުގެ މަސައްކަތްތައް ބަލައި، ދަނޑުވެރިކަމުގެ މަސައްކަތްތައް. ކުރިއަށްދަނީ އެކަމަށް ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށްތޯ ބަލައި ރިޕޯޓުތައް ތައްޔާރުކުރުން.
 
				- އައްޑޫ ނޭޗަރ ޕާރކުތެރޭގައި ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށް ވެރިންގެ ލަފާގެ މަތިން މަސައްކަތްތައް ކުރުމާއި، އެފަދަ ހާދިސާތަކުގެ ރިޕޯޓްތައްޔާރުކުރުން.
 
				- އައްޑޫ ނޭޗަރ ޕާކުގައި ހިނގާ ގުދުރަތީ އަދި އެނޫން ކާރިޘާތަކަށް ވަގުތުން އެޓެންޑްކުރުން.
 
				- އައްޑޫ ނޭޗަރ ޕާރކުގައި ކުރާ ރިސާރޗްތައް ކުރުމުގައި ކޮންޒަވޭޝަން އޮފިސަރަށް އެހީތެރިވެދިނުން.
 
				- އައްޑޫ ނޭޗަރ ޕާރކުގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އުސޫލުތައް ޒިޔާރަތްކުރާ ފަރާތްތަކާއި އާންމުންނަށް ކިޔައިދިނުން.
 
				- ވިޒިޓަރ ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައްޑޫ ނޭޗަރ ޕާރކުގައި ހިނގާ ރިސާރޗްތަކާއި ބެހޭ މަޢުލޫމާތު ދިނުން.
 
				- އައްޑޫ ނޭޗަރ ޕާރކާ ގުޅޭ ލީފްލެޓްތަކާއި، ބްރޮޝަރ ތަކާއި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުން.
 
				- ގަވާއިދާ ޚިލާފަށް އައްޑޫ ނޭޗަރ ޕާރކަށް ވަނުމާއި، މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ އަދި ގަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ރިޕޯޓްކޮށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުން.
 
				- އައްޑޫ ނޭޗަރ ޕާރކުގެ އިދާރީ މަސައްކަތްތައް ވެރިންގެ ލަފާގެ މަތިން ކުރުން.
 
				- އައްޑޫ ނޭޗަރ ޕާރކުގައި ހިންގަންޖެހޭ މަސައްކަތްތަކާއި ހަރަކާތްތައް ހިންގުމުގައި ވެރިންގެ ލަފާގެ މަތިން ބައިވެރިވުން.
 
			 
			 | 
		
		
			| 
			 މަޤާމުގެ ޝަރުތުތައް: 
			 | 
			
			
				- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
			 
			ނުވަތަ، 
			
				- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
			 
			ނުވަތަ، 
			
				- ގްރޭޑް 10 ނިންމާފައިވުން.
 
			 
			ނުވަތަ، 
			
				- ލިޔަން ކިޔަންދަތުމާއި އެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
			 
			 | 
		
		
			| 
			 ހުށަހަޅަންޖެހޭ ލިޔުންތައް: 
			  
			  
			  
			  
			 | 
			
			 1.    ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 
			ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf 
			2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 
			3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް  
			4.    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 
			(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
			(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
			5.    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 
			(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
			(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
			 | 
		
		
			| 
			 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
			 | 
			
			 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖޫން 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
			 | 
		
		
			| 
			 އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: 
			 | 
			
			 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖޫން 22 އާއި 2023 ޖުލައި 20 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނެއް ފަހުން އަންގައި ދެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
			 | 
		
		
			| 
			 ޝޯޓް ލިސްޓްކުރުން: 
			 | 
			
			 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
			 | 
		
		
			| 
			 އިތުރު މަޢުލޫމާތު ހޯދުން 
			 | 
			
			 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002  ނަންބަރު ފޯނާއެވެ. 
			 | 
		
		
			| 
			         25 ޛުލްޤަޢިދާ 1444 
			        14  ޖޫން  2023 
			 |