ވަޒީފާގެ ފުރުސަތު
			 | 
		
		
			| 
			 މަޤާމް: 
			 | 
			
			 ކޮންސަލްޓެންޓް 
			 | 
		
		
			| 
			 ބޭނުންވާ ޢަދަދު: 
			 | 
			
			 01 (އެކެއް) 
			 | 
		
		
			| 
			 މަޤާމުގެ ގިންތި އާއި މުއްދަތު: 
			 | 
			
			 2 އަހަރު (ވަގުތީ) 
			 | 
		
		
			| 
			 ވަޒީފާ އަދާކުރަންޖެހޭ ތަން: 
			 | 
			
			 ޕްލޭނިންގ ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ 
			 | 
		
		
			| 
			 މުސާރަ: 
			 | 
			
			 10،000.00 ރުފިޔާ 
			 | 
		
		
			| 
			 އެލަވަންސް: 
			 | 
			
			
				- 2،000.00 ރުފިޔާ – ސަރވިސް އެލަވަންސް
 
				- މުސާރައިގެ %35 – ސްޕެޝަލް ޑިއުޓީ އެލަވަންސް 
 
				- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
				- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
 
			 
			 | 
		
		
			| 
			 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
			 | 
			
			
				- އައްޑޫ ބިނާވެށި ޕްލޭނާ ގުޅޭ އެންމެހާ މަސައްކަތްކުރުން
 
				- އައްޑޫގެ ޓޮޕޮގްރޮފިކް ޗާޓާ ގުޅޭ އެންމެހާ މަސައްކަތްކުރުން
 
				- އެސް.ޖީގެ އިރުޝާދާ އެއްގޮތަށް ކައުންސިލްގެ ނިންމުން ތަންފީޒުކުރުމާއި ބިނާވެށި ޕްލޭނާގުޅޭ މަސައްކަތްކުރުން
 
				- ބިނާވެށި ޕްލޭން އަޕްޑޭޓްކުރުމާއި ރިވައިޒް ކުރުން އަދި އެޕްރޫވް ކުރުމުގެ އެންމެހާ މަސައްކަތް އަދި ލޭންޑް ސަރވޭ އޮތޯރިޓީއަށް ފޮނުވުމުގެ އެންމެހާ މަސައްކަތްކުރުން
 
			 
			 | 
		
		
			| 
			 މަޤާމުގެ ޝަރުތުތައް: 
			 | 
			
			
				- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ރިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ހާޞިލްކޮށްފައިވުމާއެކު، ސިވިލް 3ޑީ ނުވަތަ އޮޓޯކެޑް އަދި ކޮރަލްޑްރޯ ބޭނުންކޮށްގެން ޗާރޓްކުރަހަން އެނގުމާއެކު ޖީ.އެން.އެސް.އެސް ސިސްޓަމް ބޭނުންކޮށްގެން ސަރވޭކުރަން އެނގުން.
 
			 
			ނުވަތަ، 
			
				- ގްރޭޑް 10 ނިންމާފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ސިވިލް 3ޑީ ނުވަތަ އޮޓޯކެޑް އަދި ކޮރަލްޑްރޯ ބޭނުންކޮށްގެން ޗާރޓްކުރަހަން އެނގުމާއެކު ޖީ.އެން.އެސް.އެސް ސިސްޓަމް ބޭނުންކޮށްގެން ސަރވޭކުރަން އެނގުން.
 
			 
			 | 
		
		
			| 
			 ތަޢުލީމީ ރޮނގުތައް: 
			 | 
			
			
				- އާރބަން ޕްލޭނިންގ
 
				- އާރބަން ސްޓަޑީޒް
 
			 
			 | 
		
		
			| 
			 ގުޅޭ ތަޖުރިބާގެ ދާއިރާ: 
			 | 
			
			
				- އާރބަން ޕްލޭނިންގ
 
				- ސަރވޭއިން
 
				- ލޭންޑް ޔޫސް ޕްލޭނިންގ
 
			 
			 | 
		
		
			| 
			 ހުށަހަޅަންޖެހޭ ލިޔުންތައް: 
			  
			  
			  
			  
			 | 
			
			 1.    ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 
			ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf 
			2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 
			3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް  
			4.    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 
			(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
			(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
			5.    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 
			(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
			(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
			 | 
		
		
			| 
			 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
			 | 
			
			
				- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
 
				- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
 
				- ރަށުގެ ބިމާގުޅޭ މަޢުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކަށްވުން
 
			 
			 | 
		
		
			| 
			 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
			 | 
			
			 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
			 | 
		
		
			| 
			 އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: 
			 | 
			
			 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖުލައި 09 އާއި 2023 ޖުލައި 20 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނެއް ފަހުން އަންގައި ދެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
			 | 
		
		
			| 
			 ޝޯޓް ލިސްޓްކުރުން: 
			 | 
			
			 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
			 | 
		
		
			| 
			 އިތުރު މަޢުލޫމާތު ހޯދުން: 
			 | 
			
			 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002  ނަންބަރު ފޯނާއެވެ. 
			 | 
		
		
			| 
			         03 ޛުލްޙިއްޖާ 1444 
			       21  ޖޫން  2023 
			 |