އިޢުލާން | 
		|
| 
			 މަޤާމު:  | 
			
			 ފްލެޓް މެއިންޓެނަންސް އޮފިސަރ  | 
		
| 
			 މަޤާމުގެ ނަންބަރު:  | 
			
			 MS210  | 
		
| 
			 ބޭނުންވާ އަދަދު:  | 
			
			 01 (އެކެއް)  | 
		
| 
			 މަޤާމުގެ ގިންތި އާއި މުއްދަތު:  | 
			
			 02 އަހަރު (ވަގުތީ) (ސިވިލް ސަރވިސް ގަވާއިދު 2014 ގެ 112 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެއްބަސްވުމުގެ މުއްދަތު އިތުރުކުރުވޭނެ)  | 
		
| 
			 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
			
			 ހުޅުދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ  | 
		
| 
			 މަޤާމުގެ ރޭންކު:  | 
			
			 ޖީ.އެސް 3  | 
		
| 
			 މުސާރަ:  | 
			
			 4465.00 ރުފިޔާ  | 
		
| 
			 ސަރވިސް އެލަވަންސް:  | 
			
			 1500.00 ރުފިޔާ  | 
		
| 
			 އެހެނިހެން އެލަވަންސް:  | 
			
			
  | 
		
| 
			 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
			
			
  | 
		
| 
			 މަޤާމުގެ ޝަރުޠުތައް:  | 
			
			 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
		
| 
			 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
			
			
  | 
		
| 
			 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
			
			
 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  | 
		
| 
			 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
			
			 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހުޅުދޫއަވަށު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް، [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ލިޔުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓުގައި އެއް ފައިލްގެ ގޮތުގައެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.  | 
		
| 
			 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
			
			 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،11 ޖުލައި 2023 އާއި 13 ޖުލައި 2023 އާ ދެމެދު، ހުޅުދޫ އަވަށު އޮފީހުގައެވެ.  | 
		
| 
			 ޝޯޓްލިސްޓުކުރުން: 
  | 
			
			 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
		
| 
			 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ފޯނު ނަންބަރު 6894655 / 6894728 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.  | 
		|
14 ޛުލްޙިއްޖާ 1444
02 ޖުލައި 2023

