އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމާއި ގުޅޭ

24 އެޕްރީލް 2024     1 week ago


އިޢުލާން

 

                 ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިއޮފީހުގެ ނަމްބަރ ,(IUL)426-6A/426/2023/ 488 , 476, 505  (IUL)426-6A/426/2024/90 އިޢްލާން ކުރުމުން އެއްވެސްފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އަލުން މިތަކެތީގެ ނީލަންކިއުން 2024 މޭ 06  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި އޮންނާނެއެވެ.

            ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 އެޕްރީލް 29، 30  މި 2 ދުވަހުގެ 9:00 އިން 11:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު،  އެދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން ގެންގޮސް ނިންމަންވާނެއެވެ.

         ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 މޭ 06  ވާ ހޯމަ ދުވަހުގެ 10:00އަށް ހުޅުދޫ އަވަށުއޮފީހަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

15   ޝައްވާލަ  1445

24   އެޕްރީލް   2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6A/426/2024/152

ޕަބްލިޝް ކުރި ތާރީޚް: 24-04-2024

ސުންގަޑި: 2024-05-06 10:00:00