އިޢުލާން
މަރަދޫ އަވަށުގައި އޮޕަރޭޝަން ކުރަނގި ފެށުމާ ގުޅޭ:
ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްޞަ އޮޕްރޭޝަނެއް ދަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީ މަރަދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން 5 ޑިސެމްބަރު 2024 އިން 24 ޑިސެންބަރު 2024 ގެ ނިޔަލަށް، މަރަދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. 31 ޑިސެމްބަރ 2024 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތް ތަކާއި މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެއެވެ.
ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކްވިސާ އަދި ޒިންމާދާރުވާ ފަރާތުގެ އައިޑީކާޑު ކޮޕީ އެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
ހާޒިރު ވާންވީ ތަން: މަރަދޫ އަވަށު އޮފީސް
ތާރީޚް: 5 ޑިސެމްބަރު 2024 އިން 24 ޑިސެންބަރު 2024
ދުވަސް އަދި ގަޑި: އާދީއްތަ – ބުރާސްފަތި (9:00 – 11:00) އަދި ހޮނިހިރު (09:00 – 12:00) އެވެ.
4 ޖުމާދަލްއާޚިރާ 1446ހ.
5 ޑިސެމްބަރު 2024މ.