އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސިޓީލާ ނީލަމުގައި ޕިކަޕެއް، ސައިކަލެއް ވިއްކާލުން

12 ޖެނުއަރީ 2025     9 months ago


އިޢުލާން
 

ސިޓީލާ ނީލަމުގައި ޕިކަޕެއް، ސައިކަލެއް ވިއްކާލުން

        އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހުގައި ބޭނުންކުރަމުންދިޔަ ތިރީގައި ދަންނަވާ 2 ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން ޕިކަޕް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13  ޖަނަވަރީ 2025 އިން 30 ޖަނަވަރީ 2025 ވަނަދުވަހުގެ 12:00ގެ ނިޔަލަށެވެ. (ސިޓީތައް އީމެއިލްގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ.) ޕިކަޕް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:30 ގެ ފަހުން، ހުށަހެޅި އަގު އެނގޭ ގޮތަށް ހުޅުދޫ އަވަށު އޮފީހުގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވެހިކަލް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

#

ވެހިކަލްގެ މަޢްލޫމާތު

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

1

 C1A1139 (1250kg ޕިކަޕް)

-/3000ރ

ފަހަރަކު  -/100ރ

2

1698A0B  ޑްރީމް ސައިކަލް

-/500ރ

ފަހަރަކު  -/50ރ  

 

        ވީމާ، މި ވެހިކަލްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 14, 15 ޖަނަވަރީ 2025 މި 2 ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.   ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6894728  / 6894655

12 ރަޖަބް‏ 1446

12 ޖަނަވަރީ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6A/426/2025/25

ޕަބްލިޝް ކުރި ތާރީޚް: 12-01-2025

ސުންގަޑި: 2025-01-30 12:00:00