އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އ.ތ.މ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ "ފަހެލި ބޫޓް ކޭމްޕް 2025" މަރަދޫ އަދި މަރަދޫފޭދޫއިން ބައިވެރިން ހޯދުމަށް

11 ސެޕްޓެމްބަރ 2025     1 month ago


އިޢުލާން

 

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ "ފަހެލި ބޫޓް ކޭމްޕް 2025" (4 ވަނަ ޕްރޮގްރާމް) މަރަދޫ އަދި މަރަދޫފޭދޫއިން ބައިވެރިން ހޯދުމަށް

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގައި "ފަހެލި ބޫޓް ކޭމްޕް 2025" ގެ ނަމުގައި ބޫޓް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައެވެ. އަދި މިކޭމްޕް ބޭއްވިގެންދާނީ  ސެޕްޓެމްބަރ  މަހު ގެ ފަހުކޮޅުގައެވެ.

ވީމާ "ފަހެލި ބޫޓް ކޭމްޕް 2025" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓޭމްބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރ 9336787 އަށް ގުޅުއްވުން އެދެމެވެ.  

19 ރަބިއުލް އައްވަލް 1447 

11 ސެޕްޓެމްބަރ 2025 

 

    



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2025/05

ޕަބްލިޝް ކުރި ތާރީޚް: 11-09-2025

ސުންގަޑި: 2025-09-14 14:00:00