އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަގަށް ދަތިވާގޮތަށް ހެދިފައި ހުންނަ ރުއް އަދި ގަސް ކޮށުމާ ގުޅޭ

28 ސެޕްޓެމްބަރ 2025     2 weeks ago


އިޢުލާން
 

މަގަށް ދަތިވާގޮތަށް ހެދިފައިހުންނަ ރުއް އަދި ގަސްކޮށުމާއި ގުޅޭ

        މި އަވަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ހައްދާފައިހުންނަ ގަސްތަކާއި ރުއްތަށް މަގަށް ދަތިވާގޮތަށް ގޯތިން ބޭރަށް ހެދިފައި ހުންނަކަން ފާހަނގަވެއެވެ. މިގޮތަށް ހުންނަ ގަސްތަކުގެ ތެރޭގައި ބިޔަކޮށް ހެދިފައި ހުންނަ ގަހާއި ބަގީޗާގެ ގޮތުގައި ހައްދާ ބާވަތުގެ ކަށިހުންނަ ގަސްތައް އަދި ރުއްތައް ހުންނަކަން ފާހަނގަވެއެވެ. އަދި، މިގަސްތަކުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވުމުގެ އިތުރުން ގަހުންވެއްޓޭ އެއްޗެހިން ޖެހި ގެއްލުން ލިބޭ ކަމުގެ ޝަކުވާ މިއޮފީހަށް ތަކުރާރުކޮށް ލިބެމުންދެއެވެ.

        ވީމާ، މިފަދައިން ހައްދާފައި ހުންނަ ގަސް އަދި ރުއްތައް، މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭގައި ކޮށާ ސާފުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

        އަދި މި މުއްދަތުގެ ތެރޭގައި ނުކޮށި ހުންނަ ގަސްތައް އަވަށު އޮފީހަށް ފެންނަގޮތަކަށް (މަގަށް ދަތިނުވާނެހެން) ކޮށާނެކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

06 ރަބީޢުލްއާޙިރު 1447

‏28 ސެޕްޓެމްބަރ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2025/548

ޕަބްލިޝް ކުރި ތާރީޚް: 28-09-2025

ސުންގަޑި: 2025-10-02 23:59:00