އިޢުލާން
އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 ގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2025/538 އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ
"އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025" ގެ ނަމުގައި އޮކްޓޯބަރު 16 ގައި އައްޑޫ ހިތަދު ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AD/426/2025/538 ޢިއުލާނާއި ގުޅިގެން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އިތުރު ފާރަތްތަކަށް ފުރުސަތު ދިނުމަށް ބޭނުންވެއެވެ.
ވީމާ، މި މުބާރާތުގެ އޮޕެންސް އިވެންޓް އަދި ޓީމް އިވެންޓަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 2025 އޮކްޓޯބަރު 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
08 ރަބީޢުލްއާޚިރާތް 1447
30 ސެޕްޓެމްބަރު 2025