އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އ.ތ.މ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

30 ސެޕްޓެމްބަރ 2025     2 weeks ago


އިޢުލާން

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އައްޑޫ ޕޮލިސްއާއި ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭދޫ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައި 15 ދުވަހުގެ މުއްދަތަކަށެވެ. އަދި މިޕްރޮގްރާމް ބޭއްވިގެންދާނީ  އޮކްޓޯބަރ  މަހު ގެ ކުރީކޮޅުގައެވެ.

        ވީމާ މޫދު ކަސްރަތު ޕްރޮގްރާމް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01  އޮކްޓޯބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، މިޕްރޮގްރާމްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރ 9336787 އަށް ގުޅުއްވުން އެދެމެވެ.  

08 ރަބިއުލް އާޙީރާ 1447

30 ސެޕްޓެމްބަރ 2025



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2025/06

ޕަބްލިޝް ކުރި ތާރީޚް: 30-09-2025

ސުންގަޑި: 2025-09-30 14:00:00