އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ނަމާދު ޕްރޮގްރާމް- ބެޗް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1 އޮކްޓޯބަރ 2025     1 day ago


އިޢުލާން

 

ނަމާދު ޕްރޮގްރާމް- ބެޗް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވުން


ނަމާދު ކުރަން ދަސްކޮށްދިނުމާއި، އިސްލާމީ ރިވެތި އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި މީދޫ އަވަށު އޮފީހުން، އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ނަމާދު ޕްރޮގްރާމް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި ޢަމަލީގޮތުން ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި، ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށްދެވޭނެއެވެ. ނަމާދު ޕްރޮގްރާމްގެ ބެޗް -2 ކުރިއަށް ގެންދެވޭނީ 20 ބައިވެރިންނަށެވެ.ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 10 އަހަރާއި 16 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިޕްރޮގްރާމް ގައި ކުދިން ބައިވެރިކުރެއްވުމަށް ޝަޢުޤުވެރިވާ ބެލެނިވެރިން 2025 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް 6895557 ނުވަތަ 7789041  ގުޅުއްވުން އެދެމެވެ.

09 ރަބީޢުލްއާޚިރް 1446

01 އޮކްޓޯބަރ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-1A/426/2025/552

ޕަބްލިޝް ކުރި ތާރީޚް: 01-10-2025

ސުންގަޑި: 2025-10-05 14:00:00