އިޢުލާން
ހިތަދޫ ސްކޭޓް ޕާކް ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުން އެހެލާފައިވާ އުޅަނދުފަހަރު ނެގުމާއި ގުޅޭ.
ހިތަދޫ އަވަށުގައި ސްކޭޓްޕާކް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ކަމުގައިވާ ރަށްދެބައިމަގުގެ އުތުރުން ޝަމްސުއްދީނު ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތު އައްސޭރިފަށުގައި މިއޮފީހުގެ ހުއްދަނެތި އެހެލާފައިވާ 02 ދޯންޏާއި 01 ލޯންޗް އޮތްކަން ވަނީ ފާހަގަކުރެވިފައެވެ. ސްކޭޓް ޕާކް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާތީ މި އިޢުލާނުގެތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު އުޅަނދު ތަކުގެ ވެރިފަރާތް ތަކުން އެ އުޅަނދުތައް ނެންގެވުމަށް ދެންނެވީމެވެ.
މިމުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ، ގަވާއިދު ނަމްބަރ: 2019/R-984 " ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ގަވާއިދު " ގައިވާ ގޮތުގެ މަތިން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ރަބީއަލްއާޚިރު 1447
13 އޮކްޓޫބަރ 2025