އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

16 އޮކްޓޯބަރ 2025     1 day ago


އިޢުލާން

އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

        އައްޑޫ ސިޓީ ކައުންސިލުން، އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި އައްޑޫގެ ޚާއްޞަ ކަންކަން ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދީ އާޓް މެދުވެރިކޮށް މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކުރުމެވެ. މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލަމެވެ.

        މި އެގްޒިބިޝަންގެ މައިގަނޑު ތީމަކީ "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" އެވެ. މި ތީމްގެ ދަށުން އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރު، އައްޑޫގެ ގުދުރަތީ ރީތިކަން އަދި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭފަދަ ކުރެހުންތައް ހުށަހެޅިދާނެއެވެ. މި އާޓް އެގްޒިބިޝަންގައި ސްކޫލްތަކުން އެކިއެކި އުމުރުފުރާގައި ކުދިން ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތަށް ހުށެހެޅޭ ކުރެހުންތައް އައްޑޫހައި ސްކޫލްގައި ބޭއްވޭ 02 ދުވަހުގެ އާޓް އެގްޒިބިޝަންގައި ދައްކާލެވިގެން ދާނެއެވެ. އަދި ކައުންސިލުން އެކުލަވާލެވޭ ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ބަލައި، އެގްޒިބިޝަންގައި ބައިވެރި ކުރެވޭ އާޓްވޯކްތަކުން ވަނަތައް ހޮވައި ވަނަތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނަތައް ލިބޭ އާޓްވޯކްތައް އައްޑޫސިޓީ ކައުންސިލުން ހުޅުވުމަށް ތައްޔާރުވަމުންދާ "ބޮނޑޮގޭ އާޓް ގެލެރީ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެގްޒިބިޓް ކުރެވޭނެއެވެ.

        މި އެގްޒިބިޝަންގައި ބައިވެރިކުރުމަށް އާޓްވޯކްތައް ހުށަހެޅުމުގެ އުސޫލުތަކާއި އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތާއި އެގްޒިބިޝަނާއި ގުޅޭ އިތުރު އެހެނިހެން މަޢުލޫމާތުތައް މި އިޢުލާނާއި  އެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.

       އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އައްޑޫ ސިޓީގެ ސްކޫލްތަކުން، 2025 އޮކްޓޯބަރ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އެގްޒިބިޝަންއާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު (ފޯން ނަންބަރު: 6885003) އަށް ގުޅުއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

24 ރަބީޢުލްއާޚިރް 1447

16 އޮކްޓޯބަރ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2025/571

ޕަބްލިޝް ކުރި ތާރީޚް: 16-10-2025

ސުންގަޑި: 2025-10-21 12:00:00