އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

20 އޮކްޓޯބަރ 2025     4 hours ago


އިޢުލާން

އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

        މިއީ އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)426-AB/426/2025/571 އިޢުލާނަށް އިސްލާހު ގެނައުމަށް ކުރެވޭ އިޢުލާނެކެވެ.

        މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2025 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ވަނީ އިތުރުކުރެވިފައެވެ. އަދި މުބާރާތުގެ އުމުރުފުރާތަކަށް ބަދަލުތައް ގެނެވިފައިވާތީ، މުބާރާތާއި ގުޅިގެން ފޯރުކޯށްދީފައިވާ މަޢުލޫމާތު ޝީޓު އަދި އެޕްލިކޭޝަން ފޯމް އިސްލާހުކޮށް މި އިޢުލާނާއި އެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

28 ރަބީޢަލްއާޚިރު 1447

20 އޮކްޓޯބަރ 2025



ބާވަތް: އިއުލާން

ނަންބަރ: 426-AB/426/2025/51

ޕަބްލިޝް ކުރި ތާރީޚް: 20-10-2025

ސުންގަޑި: 2025-10-23 12:00:00