އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

21 އޮކްޓޯބަރ 2025     2 hours ago


އިޢުލާން

ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

        މިއިދާރާގެ ތިރީގައި މިދަންނަވާ ދެވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ ނަންބަރ: (IUL)426-CA/426/2025/395 ( 22 ޖޫން 2025) ގެ އިޢުލާނަށް އެއްވެސް ފަރާތުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ނީލަން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

        ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 އޮކްޓޫބަރ 2025 ދުވަހުން ފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން  އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ، " NL04  ސިޓީން އަގުހުށަހަޅާ ފޯމު" ފުރިހަމަކޮށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް؛ [email protected] އަށް މެއިލް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި މެންދުރު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސްބޯޑްގައާއި، ފޭސްބުކް ޕޭޖްގައި ޢާއްމު ކުރެވޭނެއެވެ.

        ވެހިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 11:00 ށް މިއިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.

        ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ.  ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭދުވަހުން ފެށިގެން ރަސްމީ 05 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކެވުމުން ވެހިކަލް އެފަރާތާއި ޙަވާލު ކުރެވޭނެއެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީއަގު ހުށަހެޅިފަރާތަށް އެފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.

ވެހިކަލް ނަންބަރ

ނީލަން ފަށާއަގު

ނީލަމަށް އިތުރުކުރެވޭނެ އެންމެ ކުޑައަގު

B1A 1604 ކާރު

20,000.00 ރުފިޔާ

2,000.00 ރުފިޔާ

B1B 1518 ވޭން

50,000.00 ރުފިޔާ

2,000.00 ރުފިޔާ

29 ރަބީޢުލް އާޚިރާ 1447

21 އޮކްޓޫބަރ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2025/578

ޕަބްލިޝް ކުރި ތާރީޚް: 21-10-2025

ސުންގަޑި: 2025-10-21 14:00:00