އިޢުލާން
އައްޑޫ އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މިއީ އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)426-AB/426/2025/571 އިޢުލާން ބާޠިލްކޮށް، އައްޑޫ އާޓް އެގްޒިބިޝަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.
މި އެގްޒިބިޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި އައްޑޫގެ ޚާއްޞަ ކަންކަން ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދީ އާޓް މެދުވެރިކޮށް މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކުރުމެވެ. މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ހުޅުވާލަމެވެ.
މި އެގްޒިބިޝަންގެ މައިގަނޑު ތީމަކީ "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" އެވެ. މި ތީމްގެ ދަށުން އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރު، އައްޑޫގެ ގުދުރަތީ ރީތިކަން އަދި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭފަދަ ކުރެހުންތައް ހުށަހެޅިދާނެއެވެ. މި އާޓް އެގްޒިބިޝަންގައި ސްކޫލްތަކުން އެކިއެކި އުމުރުފުރާގައި ކުދިން ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތަށް ހުށެހެޅޭ ކުރެހުންތައް އައްޑޫހައި ސްކޫލްގައި ބޭއްވޭ 02 ދުވަހުގެ އާޓް އެގްޒިބިޝަންގައި ދައްކާލެވިގެން ދާނެއެވެ. އަދި ކައުންސިލުން އެކުލަވާލެވޭ ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ބަލައި، އެގްޒިބިޝަންގައި ބައިވެރި ކުރެވޭ އާޓްވޯކްތަކުން ވަނަތައް ހޮވައި ވަނަތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނަތައް ލިބޭ އާޓްވޯކްތައް އައްޑޫސިޓީ ކައުންސިލުން ހުޅުވުމަށް ތައްޔާރުވަމުންދާ "ބޮނޑޮގޭ އާޓް ގެލެރީ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެގްޒިބިޓް ކުރެވޭނެއެވެ.
މި އެގްޒިބިޝަންގައި ބައިވެރިކުރުމަށް އާޓްވޯކްތައް ހުށަހެޅުމުގެ އުސޫލުތަކާއި އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތާއި އެގްޒިބިޝަނާއި ގުޅޭ އިތުރު އެހެނިހެން މަޢުލޫމާތުތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން، 2025 އޮކްޓޯބަރު 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އެގްޒިބިޝަންއާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު (ފޯން ނަންބަރު: 6885003) އަށް ގުޅުއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
30 ރަބީޢަލްއާޚިރު 1447
22 އޮކްޓޯބަރ 2025