އިޢުލާން
ހިތަދޫ އަވަށުން ދޫކޮށްފައިވާ 500 ގޯތީގެ ތެރެއިން ޙަވާލުނުކުރެވި ހުރި ގޯތިތަކާއި ގުޅޭ
2023 ވަނަ އަހަރު އައްޑޫސިޓީގެ ހިތަދޫއިން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާން ނަންބަރު:(IUL)426-AB/426/2023/51 ގެ ދަށުން ދޫކުރެވުނު ގޯތިތަކުގެ ތެރެއިން ހިތަދޫ މާކިޅި ސަރަޙައްދު ޙިމާޔަތްކޮށްފައިވާތީއާއި ސަހަރާ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް އެދިފައިވެއެވެ. އެހެންކަމުން ކައުންސިލްގެ ނަންބަރު: 426-B(4)/2025/110-01 ނިންމުމުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ނިންމަވާފައިވާތީ، މި ސަރަޙައްދުތަކުން ގޯތި ލިބިފައިވާ 140 ފަރާތަށް ގޯތި ލިބޭތަން ކަނޑައެޅުމަށް ގުރުއަތުނެގުން 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 10:00 އިން ފެށިގެން ހިތަދޫ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
- ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނަންވާނެއެވެ.
- ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު ކުރިން ދޫކުރެވިފައިވާ ގުރުއަތުނަންބަރު ގެންނަންވާނެއެވެ.
- ބަދަލުގައި މީހަކު ފޮނުއްވާނަމަ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިޔުން ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިނުގެންނެވޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.
01 ޖުމާދަލްއޫލާ 1447
23 އޮކްޓޫބަރު 2025