އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ އޯޕަން 8 ބޯލް ޗެމްޕިއަންޝިޕް 2025

28 އޮކްޓޯބަރ 2025     9 hours ago


އިޢުލާން

 

އައްޑޫ އޯޕަން 8 ބޯލް ޗެމްޕިއަންޝިޕް 2025

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށް، ކުޅިވަރުގެ ރޫޙު އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި، ހިތަދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ބިލިއާޑް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"އައްޑޫ އޯޕަން 8 ބޯލް ޗެމްޕިއަންޝިޕް 2025" ގެ ނަމުގައި ބިލިއާޑް މުބާރާތް 2025 ޑިސެމްބަރު 10 ވާ ބުދަ ދުވަހު އައްޑޫ ހިތަދޫ ކޮމިއުނިޓީ ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ނޮވެމްބަރު 15 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ހިތަދޫ ކޮމިއުނިޓީ ސެންޓަރުގެ ނަންބަރު 7790340 ގުޅުއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

https://forms.gle/BC447vhthqpHu9cQ7

 

06 ޖުމާދަލްއޫލާ 1447

28 އޮކްޓޯބަރ  2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2025/586

ޕަބްލިޝް ކުރި ތާރީޚް: 28-10-2025

ސުންގަޑި: 2025-11-15 14:00:00