އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2025 ގައި ބައިވެރިވުމަށް ހުޅުވާލުން

28 އޮކްޓޯބަރ 2025     1 day ago


އިޢުލާން

 

އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2025 ގައި ބައިވެރިވުމަށް ހުޅުވާލުން

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ، ސިޓީ ފެންވަރުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް މިއަހަރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. "އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2025" ގެ ނަމުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރަތް 2025 ނޮވެންބަރު 23 އިން 30 އަށް އައްޑޫ ހައި  ސްކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

              ވީމާ، "އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް - 2025" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާގެ އެޑްމިން މެއިލް [email protected] އަށް ފޮނުއްވާ ދެއްވުން އެދެމެވެ. އަދި  މުބާރާތުގައި ބައިވެރިވާ ކުދިންގެ ފޯމްތަކުގެ އަސްލާއި ބައިވެރިވާ ދަރިވަރުންގެ ލިސްޓް (އެކްސެލް ޝީޓް އަދި ޕީޑީއެފް ކޮޕީ) 12 ނޮވެންބަރު 2025 ގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވައި ދެއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1447

29  އޮކްޓޯބަރު 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2025/588

ޕަބްލިޝް ކުރި ތާރީޚް: 28-10-2025

ސުންގަޑި: 2025-11-04 14:00:00