އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ އ.ތ.މ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

6 ނޮވެމްބަރ 2025     4 hours ago


އިޢުލާން

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ މޫދު ކަސްރަތު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އައްޑޫ ޕޮލިސްއާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައި 15 ދުވަހުގެ މުއްދަތަކަށެވެ. އަދި މިޕްރޮގްރާމް ބޭއްވިގެންދާނީ  ނޮވެމްބަރ  މަހު ގެ ފަހުކޮޅުގައެވެ.

        ވީމާ މޫދު ކަސްރަތު ޕްރޮގްރާމް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09  ނޮވެމްބަރ 2025 ން ފެށިގެން ބަންދު ނޫން، ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، މިޕްރޮގްރާމްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރ 9336787 އަށް ގުޅުއްވުން އެދެމެވެ.  

15 ޖުމާދުލްއޫލާ 1447

06 ނޮވެމްބަރ 2025



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2025/07

ޕަބްލިޝް ކުރި ތާރީޚް: 06-11-2025

ސުންގަޑި: 2025-11-10 14:00:00