އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ތަރުތީލުލް ޤުރުއާން މުބާރާތް - 4، 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

24 ޑިސެމްބަރ 2025     3 weeks ago


އިޢުލާން

ތަރުތީލުލް ޤުރުއާން މުބާރާތް4 -  ، 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

               ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށާއި ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަށާއި އަދި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި، 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު، މަރަދޫފޭދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ "ތަރުތީލުލް ޤުރުއާން މުބާރާތް" މި އަހަރުގެ ރަމަޟާން މަހުވެސް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

              މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މި ލިންކު (https://tinyurl.com/y9hesw4y) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މުބާރާތުގެ ޤަވާޢިދު މި ލިންކު (https://tinyurl.com/37jmfzj6) މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

             މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 22 ޖެނުވަރީ 2026  ވާ ބުރާސްފަތި ދުވަހުގެ 14:00 އާހަމައަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6891523 އަށް ގުޅުއްވުން އެދެމެވެ.

             ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

04 ރަޖަބު 1447

24 ޑިސެންބަރު 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5B/426/2025/646

ޕަބްލިޝް ކުރި ތާރީޚް: 24-12-2025

ސުންގަޑި: 2026-01-22 14:00:00