އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ''ޛިކުރު ދަސްކުރަމާ ވޯކްޝޮޕް'' އާއި ގުޅޭ

27 ޖެނުއަރީ 2026     1 month ago


އިޢުލާން

''ޛިކުރު ދަސްކުރަމާ ވޯކްޝޮޕް'' އާއި ގުޅޭ

      1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "ދަންމަރު" ޕްރޮގްރާމްގެ ދަށުން "ޛިކުރު ދަސްކުރަމާ" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖައްސައި، ނަމާދަށާއި ދީނަށް އަހުލުވެރިކުރުމުގެ ގޮތުން ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދިނުމަށް ބޭއްވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުދޫ އަދި މީދޫގައި ދިރިއުޅެމުންދާ 07 އަހަރާއީ 16 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ވަނީ ހުޅުވާ ލެވިފައެވެ.

       ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ  ކުދިން 29 ޖަނަވަރީ 2026 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 ވައިބަރ ކޮށް ނަން ނޯޓު ކުރުމަށް ދަންނަވަމެވެ.

08‏ ޝަޢްބާން‏ 1447

  ‏27‏ ޖަނަވަރީ‏ 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2026/26

ޕަބްލިޝް ކުރި ތާރީޚް: 27-01-2026

ސުންގަޑި: 2026-01-29 14:00:00