އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމް އާއި ގުޅޭ

27 ޖެނުއަރީ 2026     1 month ago


އިޢުލާން

 

ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމް އާއި ގުޅޭ

      1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "ދަންމަރު" ޕްރޮގްރާމްގެ ދަށުން "ކީރިތި ޤުރުއާން ޚަތިމް ކުރަމާ" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުދޫ އަދި މީދޫގައި ދިރިއުޅެމުންދާ 07 އަހަރާއީ 16 އަހަރާއި ދެމެދުގެ، ބަލައިގެން ޚަތިމުން ކިޔަވަން އެނގޭ އަންހެން އަދި ފިރިހެން ކުދިންނަށް ވަނީ ހުޅުވާ ލެވިފައެވެ.

       ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ  ކުދިން 04 ފެބްރުއަރީ 2026 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 ވައިބަރ ކޮށް ނަން ނޯޓު ކުރުމަށް ދަންނަވަމެވެ.

08‏ ޝަޢްބާން‏ 1447

  ‏27‏ ޖަނަވަރީ‏ 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2026/25

ޕަބްލިޝް ކުރި ތާރީޚް: 27-01-2026

ސުންގަޑި: 2026-02-04 14:00:00