އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހޭޅިފަށުގައި ޖަހާފައިވާ ރުއްތައް ކެނޑުމާއި/ ކުރި ކުރުމާއި ގުޅޭ

12 މޭއި 2026     1 day ago


އިޢުލާން

 

ހޭޅިފަށުގައި ޖަހާފައިވާ ރުއްތައް ކެނޑުމާއި/ ކުރި ކުރުމާއި ގުޅޭ:

         މި އަވަށުގެ ހޭޅިފަށް ސަލާމަތް ކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން މިރަށު ހޭޅިފަށިގައި ގަހާފައިވާ ރުއްތައް، ކަނޑައި ރުއް ކުރިކުރަމުންދާ މައްސަލަ ވަނީ އިތުރުވެފައެވެ. މި ރުއްތައް ކުރިކުރުމަށް ފަހު ރުކުގެ ކުރިގަނޑު ރަށުގެ މީހުންނަށް ވިއްކަމުންދާކަމުގެ ރިޕޯޓް މިއޮފީހަށް ދަނީ ތަކުރާރުކޮށް ލިބެމުންނެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ. އެގޮތުން ބަޔަކު ރުއްތަކަށް ގެއްލުންދޭތަން ފެނިއްޖެނަމަ، ނުވަތަ މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ އަދި ރުއްކުރި އެއްވެސް ބަޔަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ވަގުތުން މިއޮފީހުގެ ނަންބަރު 7789044 އަށް ގުޅުއްވައި ރިޕޯޓްކޮށް ދެއްވުން އެދެމެވެ.

           މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން މިއޮފީހަށް ލިބޭ އެއްބާރުލުން ފާހަގަކޮށް އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރަމެވެ.

24 ޛުލްޤައިދާ 1447

12 މޭއި 2026

 

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2026/137

ޕަބްލިޝް ކުރި ތާރީޚް: 12-05-2026

ސުންގަޑި: 2026-05-31 12:30:00