އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ އަވަށުގެ ގާޑިޔާ ސަރަހައްދުގައި ހުއްދަނެތި އެހެލުމަށް ފަހު ދޫކޮށްލެވިފައިވާ އުޅަނދު ތަކާއި އެހެނިހެން ތަކެތި ނެގުމާ ގުޅޭ

13 މޭއި 2026     2 hours ago


އިޢުލާން

 

ހިތަދޫ އަވަށުގެ ގާޑިޔާ ސަރަހައްދުގައި ހުއްދަނެތި އެހެލުމަށް ފަހު ދޫކޮށްލެވިފައިވާ  އުޅަނދު ތަކާއި އެހެނިހެން ތަކެތި ނެގުމާ ގުޅޭ

        ހިތަދޫ އަވަށުގައި ގާޑިޔާތައް ހިންގާ ސަރަޙައްދު ކަމުގައިވާ ސަންލައިޓް ހިނގުމުން ފެށިގެން ޑެއިޒީމަގާ ހަމައަށް، ލިންކުރޯޑްގެ އިރުމަތީ ފަރާތު އައްސޭރިފަށުގައި، މިއޮފީހުގެ ހުއްދަނެތި އެހެލުމަށްފަހު ދޫކޮށްލެވިފައިވާ ދޯންޏާއި، ލޯންޗް އަދި ޑިންގީ ފަދަ އުޅަނދުތައް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

        މި ސަރަޙައްދަކީ ގޮނޑުދޮށް ޙިމާޔަތްކުރުމާއެކު، ރަށުގެ މަލަމަތި ރީތިކުރުމަށްޓަކައި ކައުންސިލުން ތަރައްޤީކުރަމުންދާ ސަރަޙައްދެއް ކަމަށްވާތީ، މިއިޢުލާނު ކުރާ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ހިމެނޭގޮތަށް) އިސްވެ ދެންނެވުނު އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެންގެވުމަށް ދަންނަވަމެވެ.

        މި މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ، ގަވާއިދު ނަންބަރު: 2019/R-984 " ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެއެވެ. އަދި މިގޮތަށް އުޅަނދުތައް ނެގުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބިދާނެ އުނިކަމަކަށް ނުވަތަ ގެއްލުމަކަށް މިއޮފީހުން ޒިންމާ ނުވާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ޛުލްޤައިދާ 1447

13 މޭ  2026

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2026/140

ޕަބްލިޝް ކުރި ތާރީޚް: 13-05-2026

ސުންގަޑި: 2026-05-21 14:00:00