އިޢުލާން
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާ ގުޅޭ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން މަރަދޫފޭދޫއަށް ލިބިފައިވަނީ 01 ކިލޯގެ 256 ޕެކެޓް ކަދުރެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ލަފާދެއްވާފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ފަރާތްތަކުގެ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމުގައި ދަންނަވަމެވެ. އަދި ކޮންމެ ގޭބިސީއަކަށްވެސް އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި ދޫކުރެވޭނީ 01 ޕެކެޓް ކަދުރު ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، 20 މޭ 2026 ވާ ބުދަ ދުވަހުން ފެށިގެން 21 މޭ 2026 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް މަރަދޫފޭދޫ އަވަށު އޮފީހުން ގޭބިސީތަކަށް ކަދުރު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ގޭބިސީތަކުން ކަދުރާއި ހަވާލުމަށް ވަޑައިގަންނަވާއިރު ހަވާލުވާ ފަރާތުގެ އައި.ޑީ ކާޑު އަދި އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރު އެނގޭނެ ފަދަ ލިޔުމެއް ގެނެސްދިނުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 ޛުލްޙިއްޖާ 1447
19 މޭ 2026

