އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން: އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

9 ޖޫން 2026     10 hours ago


އިޢުލާން

 އައްޑޫ ސިޓީ ކައުންސިލްގެ " އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް " ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް  ފުރުޞަތު ހުޅުވާލުން:

             ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2006/3) އިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެޤާނޫނުގެ 26 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތަށް " އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް " ގެ ނަމުގައި 05 މެއި 2016 ގައި ފަންޑެއް ވަނީ ޤާއިމުކުރެވިފައެވެ. މި ފަންޑްގެ ބޭނުމަކީ އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްޤީއަށް އެހީތެރިވުމަށް އެދޭ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން މިދާއިރާގެ ތަރައްޤީއަށް ޚަރަދުކުރުމަށް ދޭ ފައިސާ، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 1 ގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުން ކުރަންޖެހެންދެން ޖަމާކޮށް ބެހެއްޓުމެވެ. މިފަންޑުން ކުރުން ހުއްދަ ޚަރަދުތަކަކީ

  1. އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެވުމަށް އެކިއެކި މަސައްކަތްކުރުން
  2. އައްޑޫ ސިޓީގެ އިޖްތިމާޢީ ކުރިއެރުމަށް މަސައްކަތްކުރުން
  3. އައްޑޫ ސިޓީގެ އަންހެނުން ބާރުވެރިކުރުވުމަށް އެކިއެކި މަސައްކަތްކުރުން
  4. އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ދިރުވުމަށްޓަކައި ކުރަންޖެހޭ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރުން

ޓްރަސްޓް އެކައުންޓު ހިންގުމުގެ ޒިންމާ އުފުލާ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ  ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮމިޓީ އިންނެވެ. މިކޮމިޓީ އެކުލެވިގެންވަނީ ތިރީގައި މިވާ ދާއިރާތަކުން އައްޔަންކުރާ މީހުންގެ މައްޗަށެވެ.

#

ދާއިރާ (ވަޒީފާ އަދާކުރާތަން)

ކޮމިޓީގައި ބައިވެރިވެވޭ ޙައިޠިއްޔަތު

1

އައްޑޫ ސިޓީ ކައުންސިލް*

އައްޑޫ ސިޓީ  ކައުންސިލްގެ މޭޔަރ (*ކޮމިޓީގެ ޗެއަރޕާސަން)

2

އައްޑޫ ސިޓި ކައުންސިލް

ކައުންސިލް އަޢުލަބިއްޔަތުން ކަނޑައަޅާ ކައުންސިލް މެމްބަރ

3

އަންހެނުންގެ ކޮމިޓީ

ކޮމިޓީ އިން ކަނޑައަޅާ މެމްބަރ

4

އައްޑޫ ސިޓީ ކައުންސިލް

ކައުންސިލްގެ ޒިންމާދާރުވެރިޔާ

5

އައްޑޫ ސިޓީ

އިޖްތިމާޢީ ދާއިރާއިން ބޭފުޅަކު

6

އައްޑޫ ސިޓީ

ފަތުރުވެރިކަމުގެ ދާއިރާއިން ބޭފުޅަކު

7

އައްޑޫ ސިޓީ

ސިނާޢަތާއި ގަނެ ވިއްކުމުގެ ދާއިރާއިން ބޭފުޅަކު

8

އައްޑޫ ސިޓީ

ޢާންމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު

 

 

 

 

 

 

 

 

 

 

 

 

 

 

އެގޮތުން އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައިވާ ހިންގާ ކޮމިޓީގެ ނަމްބަރު  5،6،7،8 ގައި ބަޔާންކުރާ ފަރާތްތައް ހޯދުމަށް ކައުންސިލް އިން ޢާއްމު އިޢުލާނެއްކޮށް ކުރިމަތިލާ ފަރާތްތައް ކައުންސިލް އަށް ހުށަހަޅައި، އެފަރާތްތަކުގެ ތެރެއިން ކައުންސިލުން އައްޔަންކުރާ ފަރާތެއް ކޮމިޓީގައި ހިމެނުމާއި، މިކޮމިޓީގެ މުއްދަތަކީ ކައުންސިލްގެ 1 ދައުރުކަމުގައި ހަމަޖެހިފައިވެއެވެ.

      ވީމާ، ތިރީގައި މިދަންނަވާ ދާއިރާތަކުން މިކޮމިޓީގައި ހިމެނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އައިޑީ ކާޑް ކޮޕީއާއި އެކު ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. ވަނަވަރުތައް އީމެއިލްގެ ޒަރިޢާއިން ތިރީގައި މިވާ އެޑްރެހަށްވެސް މެއިލް ކުރެވިދާނެއެވެ.

[email protected]  

  • ފަތުރުވެރިކަމާއި ގުޅޭ ދާއިރާ
  • އިޖްތިމާޢީ ދާއިރާ
  • ސިނާޢަތާއި ގަނެވިއްކުމުގެ ދާއިރާ

މި 3 ދައިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. ޢުމުރުން 25 އަހަރު ފުރިފައިވުން.
  2. ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ފަތުރުވެރިކަމުގެ ދާއިރާނަމަ މެނޭޖަރ ލެވެލްއިން ފެށިގެން މަތީ މަގާމެއް އަދާކުރާފަރާތަކަށްވުން.
  4. އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.

ކުރިމަތިލާ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ އަދި އެދާއިރާތަކުގެ ހިންގުމުގެ ދާއިރާއިން މެނޭޖަރ ލެވެލް އިން މަތީގެ މަޤާމެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ޢާއްމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު

މި ދާއިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. ޢުމުރުން 30 އަހަރު ފުރިފައިވުން.
  2. އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.

ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                                    08 ޖޫން 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CC/INDIV/2026/8

ޕަބްލިޝް ކުރި ތާރީޚް: 09-06-2026

ސުންގަޑި: 2026-06-25 13:30:00