އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ބާޠިލުކުރުން

24 ޖޫން 2026     7 hours ago


އިޢުލާން

އައްޑޫ ސިޓީ ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ބާޠިލުކުރުން

        ޑައިވް ސެންޓަރ ހިންގުމަށް ފޭދޫ ބަނދަރު ސަރަޙައްދުން 2 ބިން ކުއްޔަށް ދޫކުރުމަށް 12 އޮގަސްޓް 2025 ގައި ކުރި މި އިދާރާގެ ނަންބަރު: (IUL)426-AE/426/2025/499 އިޢުލާން ބާޠިލުކޮށް އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

        އެ އިޢުލާން ބާޠިލުކުރީ ބިން ދޫކުރުމަށް ހަމަޖެއްސި ސަރަޙައްދާއި ކައިރީގައި  ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މިހާރު ހިނގަމުންދާތީ، އެ މަސައްކަތް ނިމޭއިރު އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭތީ ކަމުގައިވެސް ދެންނެވީމެވެ.

09 މުޙައްރަމް 1448ހ.

24 ޖޫން 2026މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2026/177

ޕަބްލިޝް ކުރި ތާރީޚް: 24-06-2026

ސުންގަޑި: 2026-06-25 14:00:00